ވައްކަމުގެ މައްސަލައެއްގައި ޕޮލިހަށް ހާޒިރުވުމަށް އަންގައި ވަނަވަރު ހާމަކޮށްފި

ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ޗިޓު ހަވާލު ނުކުރެވިގެން އެމީހާ ޕޮލިހަށް ހާޒިރުވާން އަންގައި ދިވެހި ފުލުހުން މީހެއްގެ ވަނަވަރު ހާމަކޮށްފިއެވެ. ވަނަވަރު ހާމަކޮށްފައިވަނީ ޏ. ފުވައްމުލައް ސިޓީ، މިސް...

18 Aug 2024 | 05:20

ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ޗިޓު ހަވާލު ނުކުރެވިގެން އެމީހާ ޕޮލިހަށް ހާޒިރުވާން އަންގައި ދިވެހި ފުލުހުން މީހެއްގެ ވަނަވަރު ހާމަކޮށްފިއެވެ.

ވަނަވަރު ހާމަކޮށްފައިވަނީ ޏ. ފުވައްމުލައް ސިޓީ، މިސްކިތްމަގު، ކެމީ ގޭގެ، އުމުރުން 37 އަހަރުގެ އަހްމަދު ޝަފްރާޒް އެވެ.

ފުލުހުން ބުނެފައިވަނީ ފުވައްމުލަކު ސިޓީ ފޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް ފުވައްމުލައް ސިޓީ ޕޮލިހަށް މި މަހުގެ 25 ވަނަ ދުވަހުގެ 01:00 އަށް ހާޒިރުވާން އަންގާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް