އިންޑިއާއިން ރާއްޖެއަށް ހަތް ހާސް ފޮތް ހަދިޔާކޮށްފި

އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް 7115 ފޮތް ހަދިޔާކޮށްފިއެވެ. އެގޮތުން މި ފޮތްތައް ހަދިޔާ ކުރުމަށް މިދިޔަ ބުދަ ދުވަހު ޖަމާލުއްދީން ސްކޫލުގައި ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރ...

18 Aug 2023 | 16:32

އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް 7115 ފޮތް ހަދިޔާކޮށްފިއެވެ.

އެގޮތުން މި ފޮތްތައް ހަދިޔާ ކުރުމަށް މިދިޔަ ބުދަ ދުވަހު ޖަމާލުއްދީން ސްކޫލުގައި ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

އެ ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން ފޮތްތައް ހަދިޔާކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު މުނު މަހާވަރެވެ. ރަސްމިއްޔާތުގައި އެޑިއުކޭޝަން އަދި ފޮރިން މިނިސްޓްރީގެ އިސް ވެރިންނާއި އޮފިޝަލުގެ އިތުރުން ސްކޫލުތަކުގެ ޓީޗަރުންނާއި ދަރިވަރުންގެ މަންދޫބުން ބައިވެރިވެފައިވެއެވެ.

އިންޑިއާއިން ބުނެފައިވާގޮތުގައި މި ފޮތްތަކަކީ  އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ ޖައިޝަންކަރު މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ  215 ސްކޫލެއްގައި "އެންރިޗިންގ ސްކޫލް ލައިބްރަރީޒް" ޕްރޮޖެކްޓްގެ ދަށުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ 10،000 އަށް ވުރެ ގިނަ ފޮތުގެ ފުރަތަމަ ބެޗްއެވެ.ހަދިޔާ ކުރި ފޮތްތަކުގެ ޓައިޓަލް ހިޔާރުކޮށްފައިވަނީ ދިވެހި ސަރުކާރުން ކަމަށްވެސް އިންޑިއާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް