ހުޅުމާލޭގައި އާއްމުން ދިރިއުޅޭގެތައް 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ބަދަލު ގެނެސްފިއެވެ.
އާބަންކޯއިން ބުނީ، ހުޅުމާލެއިން ގެދޮރުވެރިކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ކުރިން ޓެރަސް އާއި އެކު 7 ފަންގިފިލާ އަށް އިމާރާތްކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، 10 ފަންގިފިލާ އަށް އިމާރާތްކުރެވޭ ގޮތަށް މިހާރު ވަނީ ނިންމާއިވާ ކަމަށެވެ.
"މިގޮތުން 31 މީޓަރަށް މިހާރު ރެޒިޑެންޝަލް ޕޮލޮޓުތައް ހިއްލޭނެ" އާބަންކޯއިން ބުންޏެވެ.
މީގެ އިތުރުން، ޕާކިންގެ އާ ޝަރުތުތައް އިތުރުކޮށް، އިމާރާތުގެ އިމުގެ ތެރޭގައި ޕާކިންގ ހެދުމަށް އާބަންކޯއިން ވަނީ ކަނޑައަޅާފައެވެ.
މިގޮތުން، މަދުވެގެން ދެ ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހޭނެއެވެ. އަދި ކޮންމެ 1 ކޮޓަރީގެ އެޕާޓްމަންޓް އަކަށް 1 ސައިކަލު ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހޭނެއެވެ.
އަދި ސައިކަލު ޕާކިންގެ ސައިޒެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 0.8 × 2 މީޓަރެވެ. ކާރު ޕާކިންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 2.5 × 4.8 މީޓަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް