ރެސިޕީ: އޮރެންޖް މޮކްޓެއިލް

ބޭނުންވާ ތަކެތި 5 މިންޓް ލީވްސް ހިމުން  ކޮށާފައި 1 މޭޒުމަތީ ސަމުސާ ޝުގަރ ސިރަޕް 1 މޭޒުމަތީ ސަމުސާ ލުނބޯހުތް 2 ޖޯޑު މުގުރި އައިސް 1/2  ޖޯޑު  ސޮޑާ ވޯޓަރ އޮރެންޖް ތައްޔާރު ކުރާނެ ގޮތް އޮރެންޖް ...

18 Aug 2023 | 08:54

ބޭނުންވާ ތަކެތި

  • 5 މިންޓް ލީވްސް ހިމުން  ކޮށާފައި
  • 1 މޭޒުމަތީ ސަމުސާ ޝުގަރ ސިރަޕް
  • 1 މޭޒުމަތީ ސަމުސާ ލުނބޯހުތް
  • 2 ޖޯޑު މުގުރި އައިސް
  • 1/2  ޖޯޑު  ސޮޑާ ވޯޓަރ
  • އޮރެންޖް

ތައްޔާރު ކުރާނެ ގޮތް

އޮރެންޖް  1/2 ޖޯޑު ފެނުގައި  މިކްސަރުން ގިރާލާފައި ފުރާނާފައި ބަހައްޓާށެވެ.

ބިއްލޫރި ތަށްޓަކަށް މިންޓް ލީވްސްކޮޅާއި ޝުގަރ ސިރަޕް ކޮޅު އަޅާފައި ގިރާލފައި ހުރި  ޖޫސް  އެއްކޮށްލާށެވެ.

އެބައި  ރަހަނިކުންނަ ވަރަށް ޗަސްކޮށްލާށެވެ.

މުގުރި އައިސް ބިއްލޫރި ތަށްޓަށް އަޅާފައި  ލުނބޯހުތް  އެއްކޮލާށެވެ.

ސޮޑާ ވޯޓަރ ވެސް އެއްކޮށްލާށެވެ.

ރެސިޕީ: ޖުވޭ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް