ހުޅުމާލެއިން އިތުރު 70 އަށްވުރެ ގިނަ ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލެއިން އިތުރު70 އަށްވުރެ ގިނަ ބިން ވިއްކަން ހުޅުވާލައިފި އެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ކުރި އިއުލާނެއްގައި ބުނީ ވިއްކަން ނިންމާފައިވަނީ74 ގޯތި ކަމަށެވެ. އެއީ ހުޅު...

18 Aug 2022 | 18:42

ހުޅުމާލެއިން އިތުރު70 އަށްވުރެ ގިނަ ބިން ވިއްކަން ހުޅުވާލައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ކުރި އިއުލާނެއްގައި ބުނީ ވިއްކަން ނިންމާފައިވަނީ74 ގޯތި ކަމަށެވެ. އެއީ ހުޅުމާލެ ބީޗު ފްރަންޓުން 22 ބިމަކާއި ބީޗް ސައިޑުން 52 ގޯއެވެ.

އެ ގޯތިތަކަކީ ބީލަމުގެ އުސޫލުން ދިރިއުޅުމަށް ހުޅުމާލެއިން ވިއްކާ ގޯތިތަކެކެވެ.  އެ ބިންތައް ދޫކުރަނީ ހުޅުމާލޭގެ ކޮން ހިސާބަކުން ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މި ބިންތައް ގަންނަން އެދޭ ފަރާޓްތަކުން ބީޗް ފްރޮންޓު ބިމަކަށް އަކަފޫޓަކަށް6،5000 ރުފިޔާ ދައްކަން ޖެހެ އެވެ. ބީޗް ސައިޑުން ބިން ގަންނަނ ފަރާތްތަކުން އަކަފޫޓަކަށް5،500 ދައްކަން ޖެހެ އެވެ.

އަދި ބިދް ސެކިއުރިޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.

ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި:

އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވުން.

1 މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް/ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތުން.

2 މާލެ ސަރަހައްދުން ބިމެއް/ގޯއްޗެއް އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ނަމަ، 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށް ނުވުން.

3 އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ މީހަކަށް ނުވުން.

4 ބީލަމުން ބިމެއް ގަނެ، އެހެން މީހެއްގެ ނަންމައްޗަށް އެ ބިން ބަދަލުކޮށްފައި ވިޔަސް މި ބީލަމުގައި ބައިވެރިނުވެވޭނެ.

އެޗްޑީސީން ބުނީ އެ ބިންތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން، އަންނަ މަހުގެ އެކަކާއި ހަމަޔަށް ފޯމު ވިއްކާނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 11 އަދި 12 ވަނަ ދުވަހު އެވެ.

އެޗްޑީސީން ވަނީ މި އަހަރު ފެބްރުއަރީ މަހުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް