ބިދޭސީ އަންހެން މީހާގެ ފަށް ފޭރިގަތް މީހާވެސް ހައްޔަރު ކޮށްފި

ބިދޭސީ އަންހެން މީހާގެ ރަށް ފަށް ފޭރިގަތް މީހާވެސް ހައްޔަރުކޮށްފި އެވެ. މި ހާދިސާ ހިނގީ މިމަހުގެ15 ވަނަ ދުވަހު ހެނދުނު ހެންވޭރު ދިލްބަހާރު މަގުންނެވެ. މި މައްސަލައިގަ ކުރިން އެކަކު ވަނީ ހައްޔަރުކޮށްފަ...

18 Aug 2022 | 18:30

ބިދޭސީ އަންހެން މީހާގެ ރަށް ފަށް ފޭރިގަތް މީހާވެސް ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ހިނގީ މިމަހުގެ15 ވަނަ ދުވަހު ހެނދުނު ހެންވޭރު ދިލްބަހާރު މަގުންނެވެ. މި މައްސަލައިގަ ކުރިން އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފަށް ފޭރިގަނެފައިވަނީ ގދ. ތިނަދޫ، އޯކިޑްމާގޭ އުމުރުން 32 އަހަރުގެ މުހައްމަދު ޝަމްލީން އެވެ. އޭނާގެ ބަންދަށް ކޯޓުން މިއަދު ވަނީ30 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.

އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައިގަ ދެން ހައްޔަރު ކުރީ ޝަމްވީލް އާއި އެކު ސައިކަލުގައި ދިޔަ އެ ސައިކަލް ދުއްވަން އިން މީހާ އެވެ. މި ދެމީހުންނަކީވެސް ކުށުގެ ރެކޯޑު ގިނަ ބައެކެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަނީ ބިދޭސީ އަންހެނަކު ހިނގާފައި ދަނިކޮށެވެ. ސައިކަލުގައި އަންނަ ދެމީހުންގެ ތެރެއިން ފަހަތުގައި އިން މީހާ އަންހެން މީހާގެ ކަރުގައި އޮތް ފަށް ދަމައިގަންނަނީ ކުއްލިއަކަށެވެ.

އެކަން އެމަގުން ދުރުން ހިނގާފައި އައި މީހުންގެ ސަމާލުކަމަށް ނާންނައިރު އެ އަންހެން މީހާގެ ހަރަކާތްތަކުން އެފަދަ ކަމެއް ވެދާނެ ކަމަށް އުންމީދު ކޮށްގެން ހުރިހެންނެތް ހިއެއް ނުވެ އެވެ. ފަށް ދަމައިގަނެގެން ދިއުމުން އަންހެން މީހާ ހުރީ ޝޮކެއްޖެހިފަހެން ހުއްޓިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް