ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނުނެންގެވީ ކީއްވެތޯ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ސުވާލު ކުރައްވައިފި އެވެ.
ސަމީރު މިހެން ވިދާޅުވީ އެއް ގޮތެއްގައި އެއްވާހަކައެއް ދައްކާ މީހާ އާއި ދެއިރު ދެދަޅައަށް ވާހަކަ ބަދަލު ކުރާ މީހާގެ ތެރެއިން ތެދުވެރކަން ބޮޑީ ކާކުކަން ނޯޅޭނެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވުމުންނެވެ. ވައްޑެ މާނަ ކުރެއްވީ ނަޝީދަކީ ފެށުނީންސުރެ ބަރުލަމާނީ ގެންނަން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި އެވެ.
ސަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއް ގޮތެއްގައި އެއްކަމެއްގައި ދެ ގޮތެއް ނުވެ ހުރި މީހަކަށް އަމިއްލަ އިހްތިޔާރުގައި ނިޒާމް ބަދަލުކުރުމުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް 2008ން 2012 އަށް ފުރުސަތު އޮތް ކަމަށެވެ.
އެގޮތުން ނަޝީދު ވެރިކަމުގައި ހުންނެވި އިރު ގާނޫނު އަސާސީގެ ގެ 115 ޏ ލިބިފައިވާ ފުރުސަތުގެ ބޭނުން އޭރު ނުކުރައްވާ މިއަދު އެކަން ރައީސް ސޯލިހް ލައްވާ ކުރުވަން އުޅެނީ އިޚްލާޞްތެރިވީމަތޯ ސުވާލު ކުރެއްވި އެވެ.
https://twitter.com/meeraazu/status/1560196303765716992
ބަރުލަމާނީ ނިޒާމަށް ވޯޓު ނަގަން އެއްބާރުލުން ނުދެއްވައފިި ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ތާއިދު ނުކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ވަނީ ނިޒާމު ވޯޓު ނަގަން މާދަމާ އޮންނަ އެމްޑީޕީ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް