ކައިވެނީގެ ކުރީކޮޅު ދެ ފަހަރު ބައިގެންދިޔަ: ކާޖޮލް

ބޮލީވުޑްގެ ބަތަލާ ކާޖޮލް ދޭވްގަން ދެ ފަހަރު ބައި ގެންދިޔަ ކަމަށް އޭނާ ބުނެފި އެވެ. ކާޖޮލް އާއި އަޖޭ ދޭވްގަން ކައިވެނި ކުރީ ހަތަރު އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 1999 ވަނަ އަހަރު އެވެ. ދެމ...

18 Aug 2022 | 10:13

ބޮލީވުޑްގެ ބަތަލާ ކާޖޮލް ދޭވްގަން ދެ ފަހަރު ބައި ގެންދިޔަ ކަމަށް އޭނާ ބުނެފި އެވެ.

ކާޖޮލް އާއި އަޖޭ ދޭވްގަން ކައިވެނި ކުރީ ހަތަރު އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 1999 ވަނަ އަހަރު އެވެ. ދެމީހުންނަށް މިހާރު ދެ ދަރިން ލިބިފައިވާއިރު ކާޖޮލް ބުނީ ދިރިއުޅުމުގައި އެ ހިސާބަށް ދެވުނީ ބައެއް ހިތްދަތި ކަންތައްތަކަކަށް ފަހު ކަމަށެވެ.

އެކަންކަން ހިއްސާ ކުރަމުން ކާޖޮލް ބުނީ ދެކުދިން ލިބުމުގެ ކުރިން ކައިވެނީގެ ކުރީކޮޅު ދެ ފަހަރު ބައި ގެންދިޔަ ކަމަށެވެ. އެންމެ ފުރަތަމަ ބަލިވެ އިނީ 2001 ވަނަ އަހަރު ކަމަށް އޭނާ ބުންޏެވެ.

އޭރު ފިލްމު "ކަބީ ހުށީ ކަބީގަމް"ގެ ޝޫޓިންގައި ބިޒީކޮށް އުޅުނު ކަމަށާއި ބައިގެންދިޔައީ އެހެންވެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ބައި ގެންގޮސްގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ފިލްމު ރިލީޒްކޮށްގެން ހިޓުވެގެން އެކަން ފާހަގަ ކުރި ދުވަހު ނަމަވެސް އެ ދެމަފިރިންނަށް އުފާވެރި އިހުސާސެއް ނުކުރެވޭ ކަމަށް ބުންޏެވެ.

ދެ ވަނަ ފަހަރު ބަނޑުބޮޑުވީ މާ ގިނަ ދުވަސް ނުކޮށް ކަމަށްވިޔަސް އެފަހަރުވެސް ބައި ގެންދިއީ ކަމަށް ބުންޏެވެ. ދެ ފަހަރު ބައިގެންދިއުމުން ދެން ދަރިއަކު ނުލިބޭނެ ކަމަށް ބައެއް މީހުން ބުނި ކަމަށް ކާޖޮލް ބުންޏެވެ.

ކާޖޮލް ބުނީ އަޖޭ އާއި ދެމީހުންނަކީ މާ ރޮމޭންޓިކް ދެމީހުންނަށް ނުވިޔަސް އެކުގައި ވަގުތު ހޭދަކޮށް ހަދިޔާ ދީ އުފާވެރި ދިރިއުޅެމުން އުޅެމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް