އިތުރު ހަ ގައުމެއްގެ ނޮން ރެސިޑެންޓު ސަފީރު ކަމަށް އައިޝަތު ޝާން ޝާހިރު އައްޔަން ކުރަން ހުށަހަޅައިފި އެވެ.
އޭނާ އަކީ ޖަރިމަނުވިާލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ޝާން އައްޔަން ކުރަން ބޭނުންފުޅުވަނީ ރަޝިއާ، ސްވިޑަން، ފިންލޭންޑް، ނޯވޭ، ޑެންމާކް އަދި ޔުކްރޭންގެ ނޮން ރެސިޑެންޓް ސަފީރު ކަމަށް ކަމަށެވެ. މިކަމާއި މެދު މަޖިލީހުން ދެކެވަޑައިގެންނަވާގޮތެއް ނިންމައި ދިނުމަށް އެދިވަޑައިގެންފަވެ އެވެ.
ނޮން ރެސިޑެންޓް ސަފީރުންނަކީ އެ ސަފީރުން އައްޔަނުކުރާ ގައުމުތަކުގައި ގާއިމުވެ ތިބެން ޖެހޭ ބައެއް ނޫނެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން ރައީސް މުހައްމަދު ނަޝީދު ވަނީ އިތުރަށް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
ޝާން ޖަރުމަނުގެ ސަފީރުކަމަށް އައްޔަނުކުރެއްވީ މިިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް