ސްޓެލްކޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ސްޓެލްކޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ރޯވި އަލިފާން ގަނޑު 12:26 ގައި ނިވާލެވިފަައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ އަލިފާނުގެ ހާދިސާ ހިނގީ އިންޖީނެއްގެ ޓާބޯގައި ކަމަށާއި ހިނގީ ކުޑަ ހާދިސާއެއް ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޯވި އަލިފާަންގަނޑު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށެވެ. އަދި މިހާރު ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް