ޕްލެޓްފޯމް ފަރަށް އެރިޔަސް ތިލަމާލެ ބްރިޖު މަސައްކަތް ނުހުއްޓޭ: އަސްލަމް

ތިލަމާލޭ ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުން ކުރާ ޕްލެޓް ފޯމެއް ވިލިމާލޭ ފަރަށް އެރިޔަސް މަޝްރޫއުގެ މަސައްކަތް ހުއްޓުމަކަށް ނާންނާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ....

18 Aug 2022 | 05:00

ތިލަމާލޭ ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުން ކުރާ ޕްލެޓް ފޯމެއް ވިލިމާލޭ ފަރަށް އެރިޔަސް މަޝްރޫއުގެ މަސައްކަތް ހުއްޓުމަކަށް ނާންނާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޕްލެޓް ފޯމު ފަރަށް އެރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ހާދިސާގައި އަނިޔާވި ތިން މީހަކަށް ވިލިމާލޭ ހޮސްޕިޓަލުން ފަރުވާދީފައިވެ އެވެ.

މިކަމާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ ވަގުތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ޕްލެޓްފޯމެއް ފަރަށް އެރުމަކީ މަސައްކަތް ލަސްވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ދާ ކަމަށެވެ.

އޭނާ ވިދާޅުވީ ފަރަށް ލިބުނު ގެއްލުން ބަލަމުންދާ ކަމަށާއި އެ ބެލުންތަކުގެ ނަތީޖާ ލިބުމުން ދޭން ޖެހޭ ބަދަލެއް އެނގޭނެ ކަމަށެވެ. އެހިސާބުން އެކަން ހިނގާނެ ކަމަށް ވިދާޅުވި އެވެ.

ތިލަމާލޭ ބްރިޖުގެ އމަަލީ މަސައްކަތް ފެށީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް