ބަރުލަމާނީ މަޝްވަރާއަށް އެމްޑީޕީ ޖަގަހައަށް ނަޝީދު ވަޑައިގެންނެވި އިރު އެކަކުވެސް ނެތް ކަމަށްބުނެ މަލާމާތް ކުރަނީ!

ބަރުލަމާނީ ނިޒާމަށް ތާޢީދު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ އެމްޑީޕީ ޖަގަހައަށް ވަޑައިގެންނެވި އިރު އެއްވެސް މީހަކު ނެތްކަމަށްބުނެ މަލާމާތް ކުރަމުން އެބަދެ އެވެ. މާދަމާ ބާއ...

18 Aug 2022 | 03:31

ބަރުލަމާނީ ނިޒާމަށް ތާޢީދު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ އެމްޑީޕީ ޖަގަހައަށް ވަޑައިގެންނެވި އިރު އެއްވެސް މީހަކު ނެތްކަމަށްބުނެ މަލާމާތް ކުރަމުން އެބަދެ އެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ބަރުލަމާނީ ގަރާރު ހުށަހަޅުއްވާފަ އެވެ. ނަޝީދު ގެންދަވަނީ އާންމު މެމްބަރުންގެ ތާއީދު ހޯއްދެވުމަށް ޖަގަހަ ބައްދަލުވުން ބާއްވާ ބަރުލަމާނީ ނިޒާމާއި ގުޅޭ މައުލޫމާތު ދެއްވަމުންނެވެ.

މީހުން މަލާމާތްކޮށް ފާޑުކިޔަމުން ދަނީ ރޭ އެމަނިކުފާނު މަޝްވަރާއަށް ޖަގަހައަށް ވަޑައިގެންނެވި އިރު ދެތިން ނޫސްވެރިން ފިޔަވާ އެއްވެސް ބަޔަކު ނެތުމުންނެވެ. ސޯޝަލް މީޑިއާގައި މީހަކު އާންމު ކުރި ވީޑިއޯއެއްގައި ފެންނަނީ ގިނަ އަދަދެއްގެ ސިފައިންގެ ސެކިއުރިޓީންނާއި އެކު ނަޝީދު ޖަގަހައަށް ވަޑައިގެންނަވާ މަންޒަރެވެ.

އެތަނުގައި މީހަކު ނެތިގެން ޖަގަހައިގެ އެއްކޮޅުން އަނެއް ކޮޅަށް ހިންގަވާތަން ފެންނެ އެވެ. ދެން ފެންނަނީ މަގުމައްޗަށް ނުކުމެވަޑައިގެން އެ ސަރަހައްދުގައި ތިބި ބަޔަކާއި ވާހަކަފުޅުދައްކަވާތަނެވެ.

އޭގެ ފަހުން އެ ވީޑިއޯގައި ފެންނަނީ ބައްދަލުވުން ފެށިގެން ނަޝީދު ވާހަކަފުޅުދައްކަވަން ޕޯޑިއަމް ކައިރީ ހުންނަވާ މަންޒަރެވެ. އޭރު ޖަގައިގަ އެ ވާހަކަފުޅު އަޑު އަހަން ތިބީ ގާތްގަނޑަކަށް 20 ވަރަކަށް މީހުންނެވެ.

https://twitter.com/midh_am/status/1559945121793478656

ފާޑުކިޔާ މީހުން ބުނަމުންދަނީ މިއީ ބަރުލަމާނީއަށް އެމްޑީޕީ ތެރޭގައި ތާއީދު ނެތްކަން ހާމަކޮށްދޭ ހެތްކެއް ކަމަށެވެ. މި ވީޑިއޯއަށް މީހުން މިގޮތަށް ކޮމެންޓު ކުރިޔަސް އިއްޔެ ރެއާއި އޭގެ ކުރީ ރޭ ބޭއްވި ޖަހަގަ މަޝްވަރާއަށް ގިނަ މެންބަރުންތަކެއް ގޮސްފައިވެ އެވެ.

މި ބައްދަލުވުންތަކުގައި ނަޝީދު ގެންދަވަނީ އެމްޑީޕީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބުލް ލިބޭނެ ވޯޓުގެ ނަތީޖާ އަދަދުތަކުން ވިދާޅުވެދެއްވަމުންނެވެ. އެމަނިކުފާނުގެ ހިސާބުތަކުން ރައީސް ސޯލިހަށް ލިބިވަޑައިގެންނަވާނީ 27 ޕަސެންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް