އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި އެވެ.
އެ ކުންފުނިން ބުނީ ޕެޓްރޯލާއީ ޑީސަލްގެ އަގަށް ގެނައި ބަދަލަށް މިއަދުން ފެށިގެން އަމަލު ކުރަމުންދާނެ ކަމަށެވެ. އެ ކުންފުނިން ބުނީ ތެލުގެ އަގަށް ބަދަލު ގެންނަމުންދަނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބެން ހުރި އަގާއި އެ ކުންފުންޏަށް ގަންނަ އަގަށް ބަލައިގެން ކަމަށެވެ.
އެސްޓީއޯއިން ބުނީ ތެލުގެ އަގު ހެޔޮ ކުރަން ނިންމާ މިދިޔަ ހަ މަސް ތެރޭގައި ދުނިޔޭގެ ބާޒާރުގައި އެތައް ފަހަރަކު ތެލުގެ އަގު އުފުލިފައިވާ ކަމަށެވެ. އެކަމަކު އެ ކުންފުނިން ބަދަލު ގެނެސްފައިވާނީ އެންމެ ދެ ފަހަރު ކަމަށް ބުންޏެވެ.
އަލަށް ގެނައި ބަދަލާއި އެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ15.97 ރުފިޔާއަށެވެ. އެންމެ ފަހުން ޕެޓްރޯލް ލޯޓަރެއް ވިއްކީ16.55 ރުފިޔާއަށެވެ.
ޑީސަލް ލީޓާރެއް މިއަދުން ފެށިގެން ވިއްކުމަށް ހަމަޖެހިފައިވަނީ16.32 ރުފިޔާއަށެވެ. އެންމެ ފަހުން ޑީސަލް ލީޓަރެއް ވިއްކީ16.77 ރުފިޔާއަށެވެ.
މި ބަދަލާއި އެކު ޕެޓްރޯލް ލީޓަރަކުން58 ލާރި އަދި45 ލާރި ވަނީ ހެޔޮވެފަ އެވެ.
އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއްނެތި ދެމެހެއްޓެނިވިގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް