ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތް ބެލުމަށް ނަޝީދުގެ ފަރާތްޕުޅުން އިނގިރޭސި ވަކީލެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތް ބެލުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އިނގރޭސިވިލާތުގެ ގާބޫނީ ވަކީލަކު އައްޔަން ކުރައްވައިފި ...

18 Aug 2021 | 16:43

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތް ބެލުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އިނގރޭސިވިލާތުގެ ގާބޫނީ ވަކީލަކު އައްޔަން ކުރައްވައިފި އެވެ.

މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. މަޖިލީހުން މިއަދު ބުނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހަމަޖެއްސެވީ ޑަފްޓީ ސްޓްރީޓް ޗެމްބާސް ލަންޑަންގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ، ގާނޫނީ ވަކީލު ކްރިސްޓީ ބްރައިމްލޯ ކަމަށެވެ.

މަޖިލީހުން ބުނީ ތަހުގީގާ ގުޅޭ ގޮތުން އޭނާ ކުރައްވާނެ މަަސައްކަތަކީ، ތަހުގީގަށް ހެކި އެއްކުރުމާއި ރާއްޖެ އާއި ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ތަހުގީގު ކުރިއަށް ގެންދިއުމަށް އެހީތެރިވުމެވެެ. ގާނޫނު ތަންފީޒުކުރާ ރާއްޖޭގެ އިދާރާތަކާއި ބައިނަލްއަގުވާމީ އިދާރާތަކަށް ވެސް އޭނާގެ އެކްޕަޓީސް ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

އިތުރަށް ބުނީ "މަޖިލީހުގެ ރައީސާއި ރާއްޖޭގެ ޑިމޮކްރަސީ ވެސް މަރާލަން" ދިން ހަމަލާ ރާވައި ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ވަކީލަށް ހަރަދު ކުރައްވަން ހަމަޖެހިފައިވަނީ ނަޝީދު އަމިއްލަފުޅަށެވެ.

ކާސްޓީ ބްރިމިލޯ އަކީ ލަންޑަންނުގެ ޑައުޓީ ސްޓްރީޓް ޗެމްބާސްގެ މެމްބަރެކެވެ. ޑައުޓީ ސްޓްރީ ޗެމްޕާސްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އޭނާއަކީ ވަރަށް ކުޅަދާނަ ވަކީލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް