ފުލުހަކު ދަރިފުޅަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ދިވެހި ފުލުހަކު ދަރިފުޅަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުސް މީހާ އަނިޔާކޮށްފައިވަނީ އަށް އަހަރުގެ ދަރިފުޅަށެވެ. މިކަމާއި ގުޅޭގޮތުން ނޫސްވެރިން ސުވާ...

18 Aug 2021 | 15:54

ދިވެހި ފުލުހަކު ދަރިފުޅަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުސް މީހާ އަނިޔާކޮށްފައިވަނީ އަށް އަހަރުގެ ދަރިފުޅަށެވެ.

މިކަމާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ މިއަދު މެންދުރު 12:50 ހާއިރު ކަމަށެވެ.

ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާއިރު ދަރިފުޅަށް އަނިޔާކޮށްފައިވަނީ އަންހެން ފުލުހެކެވެ.

އެކަމަކު ފުލުހުން އެކަން ހާމަ ނުކުރާއިރު މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް