ވިޝަން ސްކްރީނަކާއި ހިއަރިންގ ސްކްރީން ޖަޕާނުން އޯޓިޒަމް އެސޯސިއޭޝަނަށް ހަދިޔާ ކޮށްފި

ވިޝަން ސްކްރީނަކާއި ހިއަރިންގ ސްކްރީން ޖަޕާނުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ހަދިޔާ ކޮށްފި އެވެ. މިއީ ގާތްގަޑަކަށް 41،133 ޑޮލަރު (634،270 ރުފިޔާ) ގެ ތަކެއްޗެވެ. މި ތަކެތި ހަދިޔާކޮށްފައިވަނީ ހުޅު...

18 Aug 2021 | 15:40

ވިޝަން ސްކްރީނަކާއި ހިއަރިންގ ސްކްރީން ޖަޕާނުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ހަދިޔާ ކޮށްފި އެވެ.

މިއީ ގާތްގަޑަކަށް 41،133 ޑޮލަރު (634،270 ރުފިޔާ) ގެ ތަކެއްޗެވެ.

މި ތަކެތި ހަދިޔާކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަނުގައި އެކަމަށްޓަކައިމިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ސާމާނު ހަދިޔާ ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ އެވެ.

އުމުރުން ހަ މަހުން މަތީގެ ކުދިންނަށް މި އެހީގެ ދަށުން ލޮލުގެ ސްކްރީނިންގ ކުރިއަށް ގެންދެވޭނެ އެވެ. އަދި ކުއްޖާގެ އިވުމުގެ މައްސަލައެއް ހުރިތޯ އެންމެ ތުއްތު އިރުން ފެށިގެން ބެލޭނެ އެވެ.

ޖަޕާން އެމްބަސީން ބުނީ މި ސާމާނު ބޭނުންކުރުމުގެ ޚާއްސަ ތަމްރީނު ވެސް އޯޓިޒަމް އެސޯސިއޭޝަނުގެ މުވައްޒަފުންނަށް ވަނީ ދީފައި ކަމަށެވެ.

މި ސާމާނަކީ ޖަޕާނުގެ ސަފީރާއި އޯޓިޒަމް އެސޯސިއޭޝަންގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޑރ. އިސްމާއިލް ޝަފީއު އާ ދެ ބޭފުޅުން ޑިސެމްބަރު 12، 2019 ގައި ސޮއިކުރައްވާފައިވާ ހިލޭ އެހީގެ އެއްބަސްވުމެއްގެ ދަށުން ހަދިޔާ ކުރި ތަކެއްޗެވެ.

1996 އިން ފެށިގެން ޖަޕާނުން އަންނަނީ ތައުލީމާއި ތިމާވެށި އަދި ސިއްހީ ދާއިރާ އާއި ދަތުރުފަތުރާ ގުޅޭ ދާއިރާތަކުން އެކި ގޮތްގޮތުން ރާއްޖެއަށް އެހީ ފޯރުކޮށްދެމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް