އާމްދަނީ ލިބޭ މިންވަރުން އުމްރާނީ މަޝްރޫއުތައް ކުރިއަށްދާނެ، ވަކި އަތޮޅަކަށް ރަށެއް ތަފާތުނުކުރާނެ: އަސްލަމް

ސަރުކާރަށް އާމްދަނީ ލިބޭ މިންވަރުން އުމްރާނީ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާއި އެކަމުގައި ވަކި އަތޮޅަކަށް ރަށަކަށް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް...

18 Aug 2021 | 11:58

ސަރުކާރަށް އާމްދަނީ ލިބޭ މިންވަރުން އުމްރާނީ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާއި އެކަމުގައި ވަކި އަތޮޅަކަށް ރަށަކަށް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްއްޖެ އެވެ.

ތ. އޮމަދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ކޮވިޑާއިގުޅިގެން ކުރިމަތިވި ދަތި އުނދަގުލާއެކުވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި 22 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިހާރުވެސް 39 ބަނދަރެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން 17 ރަށެއްގެ ބަނދަރުގެ މަސައްކަތް ޓެންޑަރ ކުރުމުގެ މަރުހަލާގައި އެބައޮތްކަން ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ މި ދައުރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް އަދި އެހެނިހެންވެސް ތަރައްގީގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ޓެކްނިކަލް ކަންކަން ހުންނަ ގޮތުން ބައެއް ފަަހަރު ކަންކަން ކުރަން ފަސްޖެހޭ އެކަމަކު ކަންކަން ކުރެވޭނެ ގޮތެއް އަބަދުވެސް ހޯދަން މަސައްކަތް ކުރަން." މިނިސްޓަރ އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވަނީ ކޮވިޑްގެ ހާލަތުން އަރިއިގަތުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަން ފާހަގަކުރައްވާ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޖަހައި ކޮވިޑްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް