ހިޔާ ފްލެޓްގެ ޓަވަރު 7 އަދި 8 އަށް މާދަމާ ކަރަންޓް ދެނީ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެއް ފަހަރާ އެންމެ ގިނަ ބަޔަކު އާބާދުވާ 6720 "ހިޔާ" ފުލެޓްގެ ޓަވަރުތަކުގެ ތެރެއިން 7 އަދި 8 ވަނަ ޓަވަރަށް މާދަމާ ކަރަންޓް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިނ...

18 Aug 2021 | 11:24

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެއް ފަހަރާ އެންމެ ގިނަ ބަޔަކު އާބާދުވާ 6720 "ހިޔާ" ފުލެޓްގެ ޓަވަރުތަކުގެ ތެރެއިން 7 އަދި 8 ވަނަ ޓަވަރަށް މާދަމާ ކަރަންޓް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މާދަމާ 7 އަދި 8 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާން ޖެހޭ ގަޑި އަންގާނެ ކަމަށެވެ. އަދި އެ މީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު ޓަވަރުތަކަށް ހާޒިރުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ޔާ ފްލެޓްގެ ޓަވަރުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައި ވަނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ.

އެޗްޑީސީން ބުނީ ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ހަމަޖެހިފައި ވާއިރު 17 ވަނަ ދުވަހު ކަރަންޓު ދީފައި ވަނީ H15 އަދި H16 ވަނަ ޓަވަރަށް ކަމަށެވެ. އަދި 18 ވަނަ ދުވަހު ކަރަންޓް ދީފައިވަނީ 11 އަދި 12 ވަނަ ޓަވަރަށެެވެ.

އެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9 އަކުން ހަވީރު 5 އަކަށް ކުރިޔަށްދާނެ ކަމަށް ސްޓެލްކޯ އިން ހާމަކުރެއެވެ.

އެ މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

އެ ކުންފުނިން ބުނީ ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު އެކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް