ރައީސް ޔާމީންގެ ޚާއްސަ މެސެޖެއް ރައްދުކުރުމަށް އިދިކޮޅު ކޯލިޝަނުން ގދ އަދި އައްޑުސިޓީއަށް ފުރައިފި

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޚާއްސަ މެސެޖުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން ގދ އަދި އައްޑުސިޓީއަށް ފުރައިފި އެވެ. ރިޔާސ...

18 Aug 2021 | 11:16

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޚާއްސަ މެސެޖުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން ގދ އަދި އައްޑުސިޓީއަށް ފުރައިފި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް "މަވެސް ޕީޕީއެމް"ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ދަތުރުތަކުގެ ތެރޭގައި ވެސް ހިމަނައިގެން ކުރާ މި ދަތުރުގައި އެ ދެ އަތޮޅަށް ފުރާފައިވަނީ މިއަދު އެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން އައްޑުސިޓީ އާއި ގދ. އަތޮޅަށް ފުރާފައިވަނީ ދެ ޓީމެއްގެ ގޮތުގަ އެވެ.

މި ދެ ޓީމެއް ފުރުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވީ 2023 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ހަވާލުވާ އިރު، ރައްޔިތުން ބޭނުންވަނީ ކޮންކަންތައްތަކެއްތޯ މި ދަތުރުތަކުގެ ތެރެއިން ބަލާނެ ކަމަށެެވެ.

"މިއަދު ކުރިމަތިވެފައިވާ މާޔޫސްކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ 2023ގައި ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުން." ގައްސާން ވިދާޅުވި އެވެ.

މި ދަތުރުގައި ބައިވެރިވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ދަތުރުތަކަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ގާތުން ބެލުމަށް ކުރާ މި ދަތުރުތަކުގައި އެ ކޯލިޝަނަށް މެމްބަރުން އިތުރުކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގދ. އަށް ކުރާ ދަތުރުގައި ގައްދޫ އަށާއި ފަރެސްމާތޮޑާ ދާއިރާއަށް ދިއުމަށް ނިންމާފައިވާ އިރު، އައްޑުސިޓީގެ ހުރިހާ ރަށަކަށް ދިއުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް