އޮމަދޫ ބަނދަރު، އީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.
އެރަށު ބަނދަރު ރައީސް ރަސްމީކޮށް ހުޅުވައިދެއްވީ ކޮޅުމަޑުލުގެ 7 ރަށަކަށް މިގާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެވެ.
ރައީސް އެރަށަށް ވަަޑައިގަތުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ރަތް ދޫލައިގެ ފުރިހަމަ މަރުހަބާއެއް އެމަނިކުފާނަށް ދަންނަވާފަ އެވެ.
މި ދަތުރުފުޅުގައި ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެ މިނިސްޓްރީގެ އިސްވެރިން ވެސް އޮމަދޫއަށް ވަޑައިގެންނެވި އެވެ.
2019 ވަނަ އަހަރުގެ ޖޫން 24 ގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން 25 މީޓަރުގެ ނެރު ފައިކަށްޓަކާއި 282 މީޓަރުގެ ސޭންޑް-ފިލް ބްރޭކް ވޯޓަރއެއް ވަނީ ހަދާފަ އެވެ. އަދި 388 މީޓަރުގެ އެއްގަމު ތޮއްޓަކާއި 123 މީޓަރުގެ ރިވެޓްމަންޓް ވެސް ވަނީ ޖަހާފަ އެވެ.
މީގެ އިތުރުން ދެ ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކޮށް، ބަނދަރާއި ބަނދަރަށް ވަންނަ ނެރު ފުންކޮށް، ދޯނި އެހެލާ ސަރަހައްދަކާއި ދިހަ މީޓަރުގެ ރޭމްޕެއް ވެސް ވަނީ ހަދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް