ތިން ދުވަސް ތެރޭގައި 5،000އްހާ ދަރިވަރުންނަށް ފައިޒާ ވެކްސިން ދީފި

މިހާތަނަށް 5،000 އެއްހާ ދަރިވަރުންނަށް ކޯވިޑް-19 ވެކްސިން ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އުމުރުން 12-17 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށީ މިދިޔަ އާދިއްތަ ދުވަ...

18 Aug 2021 | 10:05

މިހާތަނަށް 5،000 އެއްހާ ދަރިވަރުންނަށް ކޯވިޑް-19 ވެކްސިން ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އުމުރުން 12-17 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއުމުރު ފުރާގެ ކުދިންނަށް ދެމުންދަނީ ފައިޒާ ވެކްސިންއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިދިޔަ ތިން ދުވަސް ތެރޭގައި އަތޮޅުތެރެއާއި މާލޭގެ ސްކޫލްތަކުން ޖުމްލަ 4،973 ދަރިވަރުން ވެކްސިން ޖަހާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ އުމުރުފުރާގެ 40،000 ދަރިވަރުން އެބަތިބި ކަމަށެވެ. މިބުރުގައި ވެކްސިން ޖަހައިދެމުން ދަނީ ޖުލައި 31 ގެ ނިޔަލަށް 12 އަހަރުވެފައިވާ ކުދިންނަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ އުމުރުން 12 އަހަރުން މަތީގެ ކުދިން ވެކްސިން ފުރިހަމަ ކުރުމުން ނޫނީ ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ނުފަށާށެވެ.

ރާއްޖޭގައި ބޭނުން ކުރަމުންދާ ފައިޒާ ވެކްސިން އަކީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ހަދިޔާ ކުރި ވެކްސިން އެވެ. އެމެރިކާއިން ވަނީ ރާއްޖެއަށް 128،600 ޑޯޒު ހަދިޔާ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް