މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް ޢަދަދު 2.8 ބިލިއަން ރުފިޔާ އިތުރުވެއްޖެ

މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް ޢަދަދު 2.8 ބިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، ފާއިތުވި ޖުލަ...

18 Aug 2021 | 09:33

މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް ޢަދަދު 2.8 ބިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، 48 އިންސައްތަ ވަނީ އިތުރުވެފަ އެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހު 1.9 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު ވަނީ 2.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މީގެއިތުރުން ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، 17 އިންސައްތަ ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު 239 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 242 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ ސިންގަޕޫރު އަދި އިންޑިއާ އެވެ.

ޗައިނާ އިން 434 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ސިންގަޕޫރުން 348 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 330 މިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އެތެރެކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް