ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ކުރުމުގެ އުސޫލު އާންމުކޮށްފި

ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކުން އެ ފަރާތްތަކަށް ލިބިފައިވާ ފްލެޓްތަކުގެ އެތެރޭގެ ފިނިޝިން މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކ...

18 Aug 2021 | 06:47

ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކުން އެ ފަރާތްތަކަށް ލިބިފައިވާ ފްލެޓްތަކުގެ އެތެރޭގެ ފިނިޝިން މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފިއެވެ.

މިގޮތުން އެޗްޑީސީން އާންމުކޮށްފައިވާ އުސޫލުގައި މައިގަނޑުގޮތެއްގައި އަލި އަޅުވާލާފައިވަނީ ފިނިޝިންގ މަސައްކަތަށް ބޭނުންކުރެވޭ ސާމާނުގެ ލޮޖިސްޓިކްސް ކުރިއަށްގެންދަންވާނެ ގޮތަށާއި ފިނިޝިންގ މަސައްކަތް ކުރިއަށްގެންދަންވާނެ ގޮތަށާއި ލިވިންގ އޭރިއާ އާއި ކޮޓަރުތަކުގެ ތަޅުމާއި ފާރުތަކާއި ވަޑާމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އަމަލުކުރަންޖެހޭނެ އުސޫލުތަކަށެވެ.

މީގެ އިތުރުން ބަދިގެ ރެނޮވޭޝަން މަސައްކަތް ކުރުމާއި އިލެކްޓްރިކަލް/ކަރަންޓު މަސައްކަތައް ކުރިއަށްގެންދިއުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ޒިންމާ ނަގަންޖެހޭނެ ގޮތުގެ އުސޫލު ހިމަނާފައިވެއެވެ.

މިގޮތުން މަރާމާތަށް ގެންދެވޭތަކެތި އެތެރެކުރުމާއި އުފެދޭ ކުނިބުނި ނެރުމަށް ބޭނުންކުރަންވާނީ ސާވިސް ލިފްޓުކަން ފާހަގަކޮށްފައިވެއެވެ. އިމާރާތުގެ ކޮންކްރީޓް ސްޓްރަކްޗަރަށް އެއްވެސް އުނިކަމެއް އަންނަފަދަ ބަދަލެއް ގެނައުމަކީ މަނާކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެެ. މީގެ ތެރޭގައި ކޮންކްރީޓް ފާރުތަކާއި، ބެރި އަދި ތަނބުތަކާއި ކޮންކްރީޓް ޝީޓް ހިމެނެއެވެެ.

އުސޫލު: https://hdc.com.mv/app/files//2021/08/Modification-Guideline-FINAL-published.pdf

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް