ރޯޑްޑިވެލޮޕްމެންޓްކޯޕަރޭޝަން (އާރުޑީސީ) އެ އޮފީހުން އެކި ފަހަރު މަތިން ވައްކަން ކުރުމާއި ސިޔާސީ އެއްވެސް ފަރާތަކާއި ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
މި ފަހަކުން ތިން ފަހަރު ވަނީ އެ އޮފީސް ފަޅާލައި ވައްކަން ކޮށްފަ އެވެ. އެންމެ ފަހުން އާރުޑީސީގެ އޮފީސް ފަޅާލައި ވައްކަން ކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެވެ.
މި މައްސަލައިގަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ކުރެއްވި ޓުވީޓެއްގައިވަނީ އާރުޑީސީގެ އޮފީހަށް ގެއްލުންދީ، އެ ތަނުން ވައްކަން ކުރަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ހައްޔަރު ކުރާ މީހުންގެ ތެރޭގައި އެ އޮފީހުގެ މުވައްޒަފުން ނުހިމެނޭ ކަމަށާއި އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑު އޮންނަ މީހުން ބޭނުން ކޮށްގެން، އިދިކޮޅު ފަރާތްތަކުން ކަމަށެވެ.
މޫކޭގެ އެ ވާހަކަތައް މިއަދު ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާރުޑީސީ ފަޅާލި މައްސަލައާއި ސިޔާސީ އެއްވެސް ކަމަކާއި އަދި ބަޔަކާއި ގުޅުން އޮތް ކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައި ނުވާ ކަމަށެވެ.
މޫކޭގެ ތުހުމަތުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނީ ޕީޕީއެމް ޕީއެންސީ ކޯލިޝަނަކީ ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭ ބައެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް