ދަރަވަންދޫ ފުޓްސަލް ފިއެސްޓާ: ކިންގްސް ޔުނައިޓެޑް އާއި ފެލްކަން ޔުނައިޓެޑް ފިރިހެން ބައިގެ ފައިނަލާ ގާތަަށް ޖެހިލައިފި އެވެ.
މި ދެޓީމުން ފައިނަލާ ގާތަށް ޖެހިލީ ރޭ ކުޅުނު މެޗުތައް ކާމިޔާކޮށްގެން ނެެވެ.
އެގޮތުން ކިންގްސް ޔުނަިއޓެޑު ވަނީ ގާގަނޑު އެފްސީ އާ ވާދަކޮށް 0-6 ލަނޑުން މެޗު ކާމިޔާބުކޮށްފަ އެވެ.
މި މެޗުގައި ކިންގްސް ޔުނައިޓެޑުގެ ލަނޑުތައް ޖަހައިދިނީ އީމާން އިލްޔާސް 1 ގޯލް، އަޙުމަދު ސައްމާޙު 2 ގޯލް، ޙަސަން ސަފޫޙް 2 ގޯލް އަދި ސާމީހް ޢަލީ ޝަރީފް 1 ގޯލެވެ.
މި މެޗުގެ ޕްލެޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ ކިންގްސް ޔުނައިޓެޑުގެ ސާމިޙް ޢަލީ ޝަރީފް އެވެ.
ރޭ ކުޅުނު ދެވަނަ މެޗަކީ މި މުބާރާތުގެ 6 ވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ފެލްކަން ޔުނައިޓެޑާއި އެފްސީ ފެލްކަން އެވެ.
މި މެޗު 9 ލަނޑު 4 ލަނޑުން ކާމިޔާބު ކުރީ ފެލްކަން ޔުނައިޓެޑެވެ.
މި މެޗުގައި ފެލްކަން ޔުނައިޓެޑުގެ ގޯލުތައް ޖަހައިދިނީ ޝުޖާއު ޙުސެއިން 3 ގޯލް، ޢަލީ ޝިމާޢު 1 ގޯލް، ހަސަން ނާސިކް 3 ގޯލް އަދި ޙުސެއިން ނާސިފް 2 ގޯލެވެ.
އެފްސީ ފެލްކަން ގެ ގޯލުތައް ޖަހައިދިނީ އުސާމަތު މުޙައްމަދު ރަޝީދު 2 ގޯލް، އިބްރާހިމް އަޙްމަދު 1 ގޯލް އަދި މުޙައްމަދު ޝާހީން 1 ގޯލެވެ.
މި މެޗުގެ ޕްލެޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ ފެލްކަން ޔުނައިޓެޑުގެ ޝުޖާއު ޙުސެއިން އެވެ.
ފިރިހެން ބައިގާ ކިންގްސް ޔުނައިޓެޑާއި ފެލްކަން ޔުނައިޓެޑު އޮތީ ކުޅުނު 2 މެެޗުން ވެސް މޮޅުވެ، 6 ޕޮއިންޓާއެކު ތާވަލުގެ ކުރީގަ އެވެ. ނަމަވެސް ގޯލުގެ ގޮތުން ތާވަލުގެ އެއްވަނަ މިވަގުތު ލިބެނީ ކިންގްސް ޔުނައިޓެޑަށެވެ.
މި ފިއެސްޓާގައި މިރޭ އޮންނާނީ އަންހެން ބައިގެ 2 މެޗެވެ. ފުރަތަމަ މެޗުގައި 20:30 ގައި ބައްދަލުކުރާނީ ޑޮޔެންސް އާއި އެޗްއެސްއާރްސީ ބްލޫ ބަޓަރފްލައިސް އެވެ. ދެވަނަ މެޗުގައި 21:30 ގައި ބައްދަލުކުރާނީ އައްތަ އަދި ޗަނބޭލީ ރަނިން އެވެ.
މިއަހަރުގެ ފިއެސްޓާގެ މީޑިއާ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ދުވަސްއެމްވީ އެވެ. އަދި ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ ހަމަޖައްސާފައިވާ އިރު، ޕްރިންޓިންގ ޕާޓްނަރއަކީ އެންޕްލަސް އެވެ.
މުބާރާތް ލައިވް ކުރުމަށް ޓެލެކޮމް ޕާޓްނަރގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ހުރިހާ މެޗެއް ވެސް "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް