ޖިންސީ ގޯނާގެ ތުހުމަތު ކުރެވި، ގުޅުން ހުރި 6 ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ދިވެހިރާއްޖޭގައި 3 ވަަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރުމުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވަން ނިންމީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި 142 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.
މިއީ މި ފަހުން ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 އާ ގުޅިގެން އެ ޕާޓީގެ ހަރަކާތްތައް މެދުކަނޑާލާފައި އޮންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ.
ޖޭޕީގެ ހިންގާ ގަވާއިދާ އެއްގޮތަށް މައްސަލައިގައި ކޮމިޓީން ގޮތެއް ނިންމުމުން، އެންމެ ފަހު ބަސް އެކަމުގައި ބުނާނީ ކައުންސިލުންނެވެ.
ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޢަލީ ވަހީދުގެ މައްސަަލައިގެ އިތުރުން ހުއްޓިފައި އޮތް އެ ޕާޓީގެ ހަރަކާތްތައް ފެށޭނެ ގޮތަކާޢި މެދު މަޝްވަރާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް