އިމިގްރޭޝަން ވޮޗްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ގަރާޖެއްގެ މަތީގައި ހިންގަމުން ދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާތަނަކުން 11 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ، އެތަން ބަލަން ފާސްކުރުމަށް އިމިގްރޭޝަނުން ދިޔަ އިރު ބިދޭސީން ދިޔައީ އެތަން ރޫޅާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
މިގޮތުން އެތަން ބަލާ ފާސްކުރުމުގެ ތެރެއިން ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި އަށް މީހަކާއި، ގަރާޖުން ތިން މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ރާއްޖޭގައި ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގަމުން ދާ އޮޕަރޭޝަނުގައި ގަވައިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރީ ކުރަމުންދާ ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގެންފައެވެ.
އެގޮތުން މި އޮޕަރޭޝަން އިތުރަށް ފުޅާ ކުރުމުގެ ގޮތުން އިމިގްރޭޝަނުންވަނީ "އިމިގްރޭޝަން ވޮޗް" ތައާރަފްކޮށްފައެވެ. އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ފަސޭހަ ކަމާއި އެކު ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންނާއި އިމިގްރޭޝަނާއި ގުޅުން ހުރި އެހެނިހެން މައްސަލަތައް ރިޕޯޓު ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް