ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގި މާރާމާރީގެ މައްސަލައާއި ގުޅިގެން 22 އަަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުުހުން ބުނެފިއެވެ.
މި މަހު އަށް ވަނަ ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގި މާރާމާރީއެއްގައި އަނިޔާވެފައިވަނީ މ.ރަންމަންދޫ އަހުމަދު ނަޒީފަށެވެ. އޭނާއަށް ވަނީ އެ މާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.އޭނާގެ އާއިލާއިން ބުނާގޮތުގައި އެ ގްރޫޕުން ދިން ހަމަލާގައި ނަޒީފުގެ ބޮލުގެ ފުށްކިބައިގެ ބޮޑުތަނެއް ފަޅާލާފައި ވާއިރު، ނިތްކުރިމަތިންވެސް ވަނީ ފަޅާލާފައެވެ. ނަޒީހުގެ ލޯ ކައިރިވެސް ވަނީ ފަޅާލާފައެވެ. އަދި ސިކުނޑިއަށްވެސް ވަނީ ލޭ އެޅިފައެވެ.
މިކަމާއި ގުޅިގެން ނަޒީފުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. “ވަގުތު” ނޫހަށް މައުލޫމާތު ދެމުން އާއިލާއިން ބުނީ ނަޒީފްއަށް ރަގަނޅަށް ވާހަކަ ވެސް ނުދެއްކޭކަމަށެވެ. އެހެން ކަމުން ކަން ހިނގާދިޔަ ގޮތް އެއްކޮށް ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް ނަޒީފް ވަނީ އާއިލާއަށް ކޮންމެވެސް ވަރަކަށް ކަން ހިނގި ގޮތް ކިޔައިދީފައެވެ. އެގޮތުން ނަޒީފް ސައިކަލުގައި ގޮސް ރެޑްވޭވެ ފިހާރަ ކައިރީ އޮންނަ ޕާކެއްގެ ކައިރީގައި މަޑުކޮށްލިތަނާ އެ ގުރޫޕުން ނަޒީފުއާ ދިމާލަށް އެގުރޫޕުން ކޮންމެވެސް އެއްޗެއް ބުނުމުން އެވާހަކަ ނަޒީފު ފުލުހަށް އަންގާނެ ކަމަށް ބުނުމުން އެ ގުރޫޕުން ނަޒީފަށް ހަމަލާ ދިނީކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ނަޒީފުގެ ހާލު މިހާރު އަންނަނީ ރަގަނޅު ވަމުން ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ22 އަހަރުގެ ފިރެހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް