މުލީގައި ކަރަންޓު ކެނޑިފައި ހުންނަތާ އެއް ދުވަސް، ކަރަންޓު ލިބޭނެ އިރެއް ނޭނގޭ: ކައުންސިލް

މ.މުލީގައި ކަރަންޓު ނެތްތާ އެއް ދުވަސް ވެއްޖެ ކަމަށާއި، ކަރަންޓު ލިބޭނެ އިރެއް އަދި ނޭނގޭ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޝައްމޫން ރަމީޒް ވިދާޅުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުން ކަރަންޓު ކެނޑ...

18 Jul 2024 | 09:54

މ.މުލީގައި ކަރަންޓު ނެތްތާ އެއް ދުވަސް ވެއްޖެ ކަމަށާއި، ކަރަންޓު ލިބޭނެ އިރެއް އަދި ނޭނގޭ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޝައްމޫން ރަމީޒް ވިދާޅުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުން ކަރަންޓު ކެނޑިފައިވަނީ ލޯޑު ބޮޑުވެގެންނެވެ. ފެނަކައިން އިއްޔެއިން ފެށިގެން ދަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އެރަށުގައި ދިރިއުޅޭ މީހުންނަށް އާއްމު ޚިދުމަތްތައް ދެވޭނެ ގޮތެއް ނެތުމުން، އޮފީސްތަކާއި، ސުކޫލުތައްވެސް ވަނީ ބަންދުކޮށްފައި ކަމަށް މުލީ ކައުންސިލުން "ސީއެންއެމް" އަށް މައުލޫމާތު ދެމުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ފެނަކައިން ވަނީ އެ ރަށުގެ ހޮސްޕިޓަލަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދެމުން ކަމަށް ވެސް މުލީ ކައުންސިލްގެ ރައީސް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް