ކުރީގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންމާފުޅު މުއުމިނާ ހުސެއިންފުޅު އަވަހާރަވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދުގެ ވަގުތެއްގައި މުއުމިނާ އަވަހާރަވީ އާލާސްކަންފުޅަކަށް އޭޑީކޭ ހަސްފަތާލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަވަހާރަވިއިރު އުމުރުފުޅަކީ 80 އެވެ.
މުއުމިނާ މިއަދު އަވަހާރަވެފައިވާއިރު މުއުމިނާގެ ރައީސް ސޯލިހް ހިމެނިވަޑައިގަންނަވާހެން ގިނަ ދަރިން ތަކަކީ ޤައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ފަރާތްތަކެވެ.
އޭގެ ތެރޭގައި ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ސޯލިހާއި، ރައީސް މައުމޫންގެ ދައުރުން ފެށިގެން ރައީސް ޔާމީނާއި ރައީސް ސޯލިހުގެ ވެރިކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކްރެޓަރީކަން ކުރެއްވި ފާތިމަތު ސޯލިހަކީވެސް މުއުމިނާގެ ބޭފުޅުންނެވެ. މުއުމިނާގެ ލޯފަން ދެ ބޭފުޅުން ތިއްބަވާއިރު އެ ދެ ބޭފުޅުންނަކީ ދެ ހާފިޒުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް