ކާނާ ވިހަވި ހާދިސާ: އައިސީޔޫގައި ތިބި ދެ ދަރިވަރަކު ފިޔަވައި އެންމެން ދޫކޮށްލައިފި

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް ކާނާ ވިހަވި ހާދިސާގައި އެނދުމަތިކުރި ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ. މި ކަމާއި ގުޅޭ އެންމެ ފަ...

18 Jul 2024 | 04:51

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް ކާނާ ވިހަވި ހާދިސާގައި އެނދުމަތިކުރި ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

މި ކަމާއި ގުޅޭ އެންމެ ފަހުގެ އަދާހަމަ މީޑިއާއާއި ހިއްސާކުރަމުން ފުލުހުން މިއަދު ބުނެފައިވަނީ އައިސީޔޫގައި ތިބި ދެ ދަރިވަރުން ފިޔަވައި އެހެން ދަރިވަރުން މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށެވެ.

ރޭގައި ހިނގި އެ ހާދިސާއާއި ގުޅިގެން އެ ކޮލެޖުގެ ފަންސާހެއްހާ ދަރިވަރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ދެއްކިއެވެ. އޭގެ ތެރެއިން 32 ދަރިވަރަކު އެނދުމަތިކުރިއެވެ. އަދި ރޭގައި ފުލުހުން ބުނެފައިވާގޮތުގައި އެކެއްގެ ހާލު ސީރިއަސް އެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް