ޕާކިސްތާނުގެ ޕީޓީއައި ޕާޓީން ބަޔަކު ވަކިކުރުމުން ޕީޓީއައިޕީ ނަމުގައި ޕާޓީއެއް އުފައްދަނީ

ޕާކިސްތާނުގެ ޕާކިސްތާން ތެހެރީކޭ އިންސާފް (ޕީޓީއައި) އިން މެންބަރުންތަކެއް ވަކިވެ ޕާކިސްތާން ތެހެރީކޭ އިންސާފް ޕާލަމެންޓް (ޕީޓީއައިޕީ) ގެ ނަމުގައި އާ ޕާޓީއެއް އުފައްދާކަން އިއުލާނުކޮށްފިއެވެ. އަލަށް އ...

18 Jul 2023 | 18:31

ޕާކިސްތާނުގެ ޕާކިސްތާން ތެހެރީކޭ އިންސާފް (ޕީޓީއައި) އިން މެންބަރުންތަކެއް ވަކިވެ ޕާކިސްތާން ތެހެރީކޭ އިންސާފް ޕާލަމެންޓް (ޕީޓީއައިޕީ) ގެ ނަމުގައި އާ ޕާޓީއެއް އުފައްދާކަން އިއުލާނުކޮށްފިއެވެ.

އަލަށް އުފެއްދި މި ޕާޓީ ލީޑު ކުރަނީ ޕީޓީއައިގެ ކުރީގެ ލީޑަރު ޕަރްވޭޒް ކައްތަކް އެވެ. އޭނާއާއެކު އަލަށް އުފެއްދި މި ޕާޓީއަށް ޕްރޮވިންޝަލް އަދި ނެޝަނަލް އެސެމްބްލީ ހިމެނޭހެން 57 މެންބަރަކު ގުޅިފައިވެއެވެ.

ޕީޓީއައިޕީ ނަމުގައި ޕާޓީ އުފައްދާފައިވަނީ ޕީޓީއައިގެ ތެރޭގައި ބައިބައިވުން އުފައްދަން މަސައްކަތްކުރާކަމުގެ ތުހުމަތުގައި އެ ޕާޓީން ވަކިކުރި މެންބަރުންތަކެއް އިސްވެ އެވެ.

ޕީޓީއައި ޕާޓީއަކީ ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކޮށްފައިވާ އިމްރާން ޚާން ނިސްބަތްވެވަޑައިގަންނަވާ ޕާޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް