އދ ގައި ހިންދީ ބަސް ޕްރޮމޯޓް ކުރުމަށް އިންޑިއާއިން އެއް މިލިއަން ޑޮލަރު ދީފި

ޔުނައިޓެޑް ނޭޝަންސް ނުވަތަ އދ ގައި ހިންދީ ބަސް ޕްރޮމޯޓް ކުރުމަށް އިންޑިއާއިން އދ އަށް އެއް މިލިއަން ޑޮލަރު ދީފިއެވެ. އެއް މިލިއަން ޑޮލަރުގެ ޗެކު، އދ ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް މެލީސާ ފެލިންގަށް އި...

18 Jul 2023 | 18:13

ޔުނައިޓެޑް ނޭޝަންސް ނުވަތަ އދ ގައި ހިންދީ ބަސް ޕްރޮމޯޓް ކުރުމަށް އިންޑިއާއިން އދ އަށް އެއް މިލިއަން ޑޮލަރު ދީފިއެވެ.

އެއް މިލިއަން ޑޮލަރުގެ ޗެކު، އދ ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް މެލީސާ ފެލިންގަށް އިންޑިއާގެ ދާއިމީ ރެޕްރެޒެންޓޭޓިވް ރުޗިރާ ކަމްބޯޖް އަރުވާފައިވާއިރު ރުޗިރާ ބުނެފައިވަނީ އެ ފައިސާއަކީ އދ ގައި ހިންދީ ބަސް ޕްރޮމޯޓް ކުރުމަށް އިންޑިއާއިން އިންވެސްޓްކުރާ ފައިސާ ކަމަށެވެ.

އިންޑިއާއިން މުޅި ދުނިޔެއަށް ހިންދީ ބަސް ޕްރޮމޯޓް ކުރުމަށް ވަރުގަދަ ޕްރޮޖެކްޓެއް މި އަހަރު އިއުލާނުކޮށްފައިވެއެވެ. އަދި އެކަމަށް ބޮޑު ބަޖެޓެއްވެސް އެކުލަވާލާފައިވެއެވެ.

އެގޮތުން އދ ގައި ހިންދީ ބަސް ޕްރޮމޯޓް ކުރުމަށް @UninHindi ނަމުގައި ސޯޝަލް މީޑިއާ އެކައުންޓްތަކެއްވެސް އަންނަނީ ހިންގަމުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހިންދީ ބަސް ގްލޯބަލައިޒް ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަކަމުގައި އިންޑިއާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް