މުދަލު ޒަކާތުގެ ގޮތުގައި 26 މިލިއަން ރުފިޔާ ބަހައިފި

ފަގީރުންނާއި މިސްކީނުންނަށް މިއަހަރުގެ މުދަލު ޒަކާތް ބަހައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ މުދަލު ޒަކާތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައު...

18 Jul 2023 | 15:59

ފަގީރުންނާއި މިސްކީނުންނަށް މިއަހަރުގެ މުދަލު ޒަކާތް ބަހައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ މުދަލު ޒަކާތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26,799,500 (ސައްބީސް މިލިއަން ހަތްދިހަނުވަ ލައްކަ ނުވަހާސް ފައްސަތޭކަ) ރުފިޔާއެވެ.

މި ފައިސާ ފަޤީރުންގެ ލިސްޓްގައި މިއަހަރު ހިމެނޭ 7657 (ހަތްހާސް ހަސަތޭކަ ފަންސާސް ހަތެއް) މީހުންނަށް، ބޮލަކަށް3500 (ތިންހާސް ފައްސަތޭކަ) ރުފިޔާގެ ރޭޓުން ވަނީ މިއަދު އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މޭ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 48.1 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ޖެނުއަރީ މަހު ލިބިފައިވަނީ 5.1 މިލިއަން ރުފިޔާ، ފެބްރުއަރީ މަހު ލިބިފައިވަނީ ފަސް މިލިއަން ރުފިޔާ، އަދި މާޗް މަހު ލިބިފައިވަނީ 11.1 މިލިއަން ރުފިޔާ އެވެ. މީގެ އިތުރަށް މުދަލު ޒަކާތުގެ ގޮތުގައި އޭޕްރީލު މަހު 22.3 މިލިއަން ރުފިޔާ ލިބިފައިވާއިރު މޭ މަހު ލިބިފައިވަނީ 4.5 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. އަދި އެ މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައި ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި 7312.55 ރުފިޔާގެ އަދަދަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް