އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތް ސެޕްޓެމްބަރުގައި ފަށަނީ

ހަތް ވަނަ އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތް ސެޕްޓެމްބަރު މަހު ފަށަން ހޭންޑްބޯލް މޯލްޑިވްސްއިން ނިންމައިފިއެވެ. އެ އެސޯސިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ، މި މުބާރާތް އޮންނާނީ ސެޕްޓެމްބަރު10 ވަނަ ދުވ...

18 Jul 2023 | 15:50

ހަތް ވަނަ އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތް ސެޕްޓެމްބަރު މަހު ފަށަން ހޭންޑްބޯލް މޯލްޑިވްސްއިން ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ، މި މުބާރާތް އޮންނާނީ ސެޕްޓެމްބަރު10 ވަނަ ދުވަހު ކަމަށެވެ.

ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނިތަކުގެ ހަތް ވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަފަހު، 06 އޯގަސްޓް ގެ ފޯމު ހުށަހެޅުމަށް އެ އެސޯސިއޭޝަންގެ އިއުލާނުގައި ވަނީ އެދިފައެވެ.

މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ދެ ކެޓަގަރީން ހަތަރު ޑިވިޝަނަށެވެ. އެއީ ފިރިހެން އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިިވިށަނެވެ އަދި އަންހެން އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނެވެ.

މި މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން އަންހެން އަދި ފިރިހެން ޓީމަށް15000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ7000 ރުފިޔާއެވެ.

އަދި ދެވަނަ ޑިވިޝަންގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް10000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު ރަނާސްއަޕް ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ5000 ރުފިޔާއެވެ.

ހޭންޑްބޯލްގެ ބޮޑު މުބާރާތަކަށް އެންމެ ފަހުން ބާއްވާފައި ވަނީ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕެވެ.

މިދިޔަ މަހުގެ ކުރީކޮޅު ނިމުނު އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރެޑްހޯކްސް ސްޕޯޓްސް ކްލަބުންނެވެ. އަދި ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ކްލަބް ޒެފްރޯލްއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް