ފްލެޓް ލިސްޓު މި މަސް ނިމުމުގެ ކުރިން ނެރެވޭތޯ މަސައްކަތް އެބަކުރަން: އަކްރަމް

ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފްލުޓް ކޮމިޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ...

18 Jul 2023 | 09:49

ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފްލުޓް ކޮމިޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން  ވިދާޅުވެއްޖެއެވެ.

ފްލެޓާއި ގޯތި ކޮމިޓީން ކުރިން މަސައްކަތް ކުރަމުން އައީ މިދިޔަ މަހުގެ ތެރޭގައި ލިސްޓް ނެރެވޭތޯ އެވެ.

ނަމަވެސް އީދު ބަންދުގެ ކުރިން ނެރުނީ ގޯތި ލިސްޓެވެ. ފްލެތް ލިސްޓް ނެރުމަށް ލަސްވުމާއި ގުޅިގެން ބޯހިޔާވަހިކަމުގެ ވައުދާ ގުޅުވައި ސިޔާސީ ފަރާތްތައް ހިމެނޭހެން ދަނީ ސުވާލު އުފައްދައި ސަރުކާރަށް ފާޑުކިއުން އަމާޒުކުރަމުންނެވެ.

އެގޮތުން، ފްލެޓް ލިސްޓާ ގުޅޭ ގޮތުން އަކްރަމް ވިދާޅުވީ ފްލެޓް ލިސްޓު މި މަސް ނިމުމުގެ ކުރިން ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ ކުރިން ވެސް ދަންނަވާފައިވާނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން އަންނަ މަހު ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް