ޓުވިޓަރގައި ރީކޯއާއި ފައްޔާޒުގެ ކުރިމަތިލުމެއް!

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހުގެ ރަނިންމޭޓަކާމެދު އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލްއާއި އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ)ޓުވިޓަރގައި...

18 Jul 2023 | 09:22

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހުގެ ރަނިންމޭޓަކާމެދު އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލްއާއި އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ)ޓުވިޓަރގައި ބަހުގެ ހަމަލާތައް ބަދަލު ކުރަން ފަށައިފިއެވެ.

އެ މައްސަލައަށް ބަހުސް ކުރެވެން ފެށީ، ރަނިންމޭޓަކު ކަނޑައަޅަން އުނދަގޫ ކަމަށް ރައީސް ޞާލިހު ވިދާޅުވި ހިސާބުންނެވެ.

“އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ.” ރައީސް ވިދާޅުވިއެވެ.

އެވާހަކަ ހަބަރުތަކައް އެރުމާއެކު ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި ފައްޔާޒު ރަނިންމޭޓުކަން ބޭނުންވެގެން އުޅެނޭ ކިޔަނީ، ކޮންމެވެސް ސަބަބަކާހުރެ ރީކޯ މޫސަ ކަމަށެވެ.

އެއަށް ރައްދުދީ ރީކޯ މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕަރސަން އަކަށް ހުންނަން ވާނީ އާއްމު މެމްބަރުންނާ ޒާތީ ނުވެ، ޕާޓީގެ މެމްބަރުންނާއެކު އުޅެވޭނެ މީހެއް ކަމަށެވެ.

https://twitter.com/ReekoMoosa/status/1681207988181422081

"ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާއްމު ތަންތާނގަ އަޅުގަނޑާ ދިމާކުރުމަކީ ފަޔާ ވެސް ކޮށްގެންވާނެ ކަމެއް ނޫން. ކަނޑައެޅިގެން ދޮގުވާހަކަ ނުފަތުރާ" ރީކޯ ވިދާޅުވިއެވެ.

މިިދިޔަ ދައުރުގައި ރައީސް ޞާލިހުގެ ރަނިންމޭޓަކަށް ކަނޑައެޅީ ކޯލިޝަން ޕާޓީއެއްގެ މެމްބަރެކެވެ. އެއީ ޖޭޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ފައިސަލް ނަސީމެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ އެއްވެސް ޕާޓީއަކުން އަދި މިހާތަނަށް ރަނިންމޭޓެއް ކަނޑައަޅާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް