ހުޅުމާލޭގައި ލަގްޒަރީ އިމާރާތްތަކެއް އެޅުމަށް ފަސް ބިމެއް ވިއްކަނީ

ހުޅުމާލެ ފޭސް އެކެއްގައި ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް އަޅަން ފަސް ބިމެއް ވިއްކަން ނިންމައި ބީލަން ހުށަހެޅުމުގެ ފުރުސަތު އާބަންކޯއިން ހުޅުވާލައިފި އެވެ. އާބަންކޯއިން ކުރި އިއުލާނެއްގައި ބުނީ އެ...

18 Jul 2023 | 08:42

ހުޅުމާލެ ފޭސް އެކެއްގައި ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް އަޅަން ފަސް ބިމެއް ވިއްކަން ނިންމައި ބީލަން ހުށަހެޅުމުގެ ފުރުސަތު އާބަންކޯއިން ހުޅުވާލައިފި އެވެ.

އާބަންކޯއިން ކުރި އިއުލާނެއްގައި ބުނީ އެ ބިންތައް ގަންނަން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 17 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި ބީލަން ހުޅުވާލުން ވެސް އޮންނާނީ ހަމަ އެ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.

ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް ހަދަން ވިއްކަނީ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ ދެ ބިމަކާއި ދިރާގު ހުޅުމާލެ އޮފީސް ކުރިމަތީގައި އޮންނަ ތިން ބިމެއް ކަމަށް އާބަންކޯއިން ބުނެފައިވެއެވެ.

އެގޮތުން، އާބަންކޯއިން އިއުލާނާއެކު އާންމުކުރި މައުލޫމާތު ކަރުދާހުގައިވާ ގޮތުން، މި ބިންތަކުގައި ހަދަން ޖެހެނީ 2+1 (1،000 އަކަފޫޓް) އާއި 3+1 (1،300 އަކަފޫޓް) ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

ހަމައެހެންމެ ކޮންމެ އެޕާޓްމަންޓެއްގައި ސިޓިންރޫމަކާއި ބަދިގެ/ކާގެ އަކާއި ލޯންޑަރީ އަދި ބެލްކަންޏެއް ވެސް ހުންނަން ޖެހޭނެކަމަށް އާބަންކޯއިން ބުނެފައިވެއެވެ.

އެ ބިންތައް ގަންނަން ހުށަހަޅާ ޕްރޮޕޯސަލާ އެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އާބަންކޯއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް