އާބަންކޯއަށް އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބިއްޖެ

މިދިޔަ އަހަރު އާބަންކޯއަށް އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބިއްޖެ އެވެ. އެސްއޯއީތަކާ ގުޅޭ ގޮތުން ޕީސީބީއިން ނެރުނު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އާބަންކޯއަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ދެވަނަ ކ...

18 Jul 2023 | 08:23

މިދިޔަ އަހަރު އާބަންކޯއަށް އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބިއްޖެ އެވެ.

އެސްއޯއީތަކާ ގުޅޭ ގޮތުން ޕީސީބީއިން ނެރުނު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އާބަންކޯއަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ދެވަނަ ކުއާޓާގަ އެވެ. އެ ކުއާޓާގައި 478 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ހަމަ އެފަދައިން، އެންމެ ކުޑަ ފައިދާއެއް ލިބުނީ ފަހު ކުއާޓާގައި، 45 މިލިއަން ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 70 ޕަސެންޓުގެ ވެއްޓުމެކެވެ.

ޕީސީބީއިން ނެރުނު ރިޕޯޓުން ބުނީ ފަހު ކުއާޓާގައި ފައިދާ އެހާ ބޮޑަށް ދަށްވީ މެއިންޓަނަންސް ހަރަދުތައް ބޮޑުވުމުން ކަމަށެވެ. އާބަންކޯއަށް މިދިޔަ އަހަރު ލިބުނު ޖުމްލަ ފައިދާ 100 މިލިއަން ރުފިޔާ ދަށްވި އެވެ. އަދި އެ ކުންފުންޏަށް 2021 ވަނަ އަހަރު 1.1 ބިލިއަނުގެ ފައިދާވި އެވެ.

އާބަންކޯއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނެވެ. އެގޮތުން 2021 ވަނަ އަހަރާ އަޅާބަލާއިރު 75 ޕަސެންޓްއަށް އާމްދަނީ ދަށްވެފައިވެއެވެ. އެ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބުނެ އެވެ.

އެ ކުންފުނީގެ އާމްދަނީ ދަށްވީ، ބިން ވިއްކައިގެން ލިބުނު އާމްދަނީ ދަށްވުމުންނެވެ.

އާބަންކޯ އިން ހިންގާ ހައުސިން ޕްރޮޖެކްޓްތަކަށް ނެގި އިތުރު ލޯނުތަކާ އެކު ދަރަނީގެ ޖުމްލަ މިހާރު ހުރީ 10.6 ބިލިއަން ރުފިޔާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް