ކުޑަކުއްޖަކާ ބެހުނު މީހަކަށް 28 އަހަރުގެ ޖަލު ހުކުމެއް

ކުޑަކުއްޖަކާ ބެހުނު ކަމުގެ ދެ ދައުވާއެއް ސާބިތުވި މީހެއްގެ މައްޗަށް 28 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ. މި ހުކުމް އައީ ބ.ތުޅާދޫ، ދުންފިނިގެ، ނިޝާން އިބްރާހީމްގެ މައްޗަށެވެ. ނި...

18 Jul 2023 | 08:08

ކުޑަކުއްޖަކާ ބެހުނު ކަމުގެ ދެ ދައުވާއެއް ސާބިތުވި މީހެއްގެ މައްޗަށް 28 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

މި ހުކުމް އައީ ބ.ތުޅާދޫ، ދުންފިނިގެ، ނިޝާން އިބްރާހީމްގެ މައްޗަށެވެ.

ނިޝާންގެ މައްޗަށް އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދެ ދައުވާ އެވެ.

އޭނަގެ މައްޗަށް ދެ ދައުވާ އުފުލާފައިވަނީ 2019 ވަނަ އަހަރުގެ އެކިދުވަސް މަތިން ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. އެއީ މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާގެ ގެއަށް ގޮސް، ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ އެވެ.

އެހެން ނަމަވެސް، މި ދައުވާތަކަށް ނިޝާން ވަނީ އިންކާރުކޮށްފައެވެ.

އެގޮތުން މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކި ގަރީނާއަށް ރިއާޔަތްކުރުމުން މި ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާ ކަމަށް ކޯޓުން ބުންޏެވެ.

ނިޝާންގެ މައްޗަށް އައީ ކޮންމެ ދައުވާއަކަށް 14 އަހަރުގެ ޖަލު ހުކުމެކެވެ. އެގޮތުން ގާޒީ އިސްމާއިލް ޝަފީއު އިއްވެވި މި ދެ ހުކުމުން ޖުމްލަ 28 އަހަރު ޖަލު އަދަބެއް ވަނީ އިއްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް