ރިޔާސީ އިންތިހާބު ފަސް ކުރުމަށް އަދުރޭ ގޮވާލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފަސްކުރުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައިފިއެވެ. އަދުރޭ މިކަމަށް ގޮވާލާފައިވަނީ ރޭގައި ކުރެއްވި ޓްވީޓެއްގައ...

18 Jul 2023 | 07:11

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފަސްކުރުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައިފިއެވެ.

އަދުރޭ މިކަމަށް ގޮވާލާފައިވަނީ ރޭގައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އަދުރޭ ވިދާޅުވެފައިވަނީ ރައީސް ސޯލިހް ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރު އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށެވެ.

"ރައީސް ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރުމަށް ގޮވާލަން" އަދުރޭ ވިދާޅުވެފައިވެއެވެ.

އަދުރޭ މިކަމަށް ގޮވާލާފައިވާއިރު ޖަލު ހުކުމެއްގައި ޖަލުގައި އޮންނެވި ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލީޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވާއިރު ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ހައްގު ކަށަވަރު ކުރުމަށް އެ ކޯލީޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް