ސިމްވާ ސަރުކާރު މަގާމު ދޫކޮށްލައިފި

ސޯޝަލް މީޑިއާގައި އަބަދުވެސް ވަރުގަދަ އެކްޓިވިސްޓެއްގެ ގޮތުގައި ފާހަގަކުރެވޭ އަހްމަދު އަންވަރު (ސިމްވާ) ސަރުކާރު ވަޒީފާއިން އިސްތިއުފާ ދީފިއެވެ. ސިމްވާ އޭނާ އަދާކުރަމުންދިޔަ ސީނިއަރ އެޒްޒެކެޓިވް ޑިރެކ...

18 Jul 2023 | 06:14

ސޯޝަލް މީޑިއާގައި އަބަދުވެސް ވަރުގަދަ އެކްޓިވިސްޓެއްގެ ގޮތުގައި ފާހަގަކުރެވޭ އަހްމަދު އަންވަރު (ސިމްވާ) ސަރުކާރު ވަޒީފާއިން އިސްތިއުފާ ދީފިއެވެ.

ސިމްވާ އޭނާ އަދާކުރަމުންދިޔަ ސީނިއަރ އެޒްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ސިމްވާ އިސްތިއުފާ ދީފައިވާއިރު ޝަމްޢޫން ޖަލީލް (ލޫކަސް) ވެސް ވަނީ ސަރުކާރުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސް ޕާޓީއާއި ގުޅިފައެވެ.

ސިމްވާވެސް މިއަދުގެ ވަގުތެއްގައިވަނީ ޑިމޮކްރެޓްސްއަށް ސޮއިކޮށް ފޯމު ރައީސް ނަޝީދަށް އަރުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް