މަގެއް ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުންވެ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިއްޖެއެވެ.
މިކަން ހާމަކޮށް ސްޓެލްކޯއިން ބުނެފައިވަނީ އެ ހާދިސާ ހިނގަން މެދުވެރިވީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ.
"މިވަގުތު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެވިއްޖެ، ހުރިހާ ސަރަހައްދަކަށް ކަރަންޓު ދިނުމަށް ކުޑަ ވަގުތުކޮޅެއް ނަގާނެ" ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން ދެވަނަ ފިޔަވަހީގައި ސަރުކާރު ކުންފުނިތަކުގެ ފްލެޓްތައް ހުންނަ ސަރަހައްދަށް ކަރަންޓް ދޭން ދެ ގަޑިއިރެއްހާއިރު ހޭދަވެދާނެ ކަމުގައިވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް