ތުރާކުނާއި ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއާއި ހއ.ތުރާކުކު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަށް ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމި...

18 Jul 2023 | 02:58

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއާއި ހއ.ތުރާކުކު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތަށް ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

ތުރާކުނު ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި، 8.16 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ އިތުރުން، 1215 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.

މީގެ އިތުރަށް، އެމްޓީސީސީ އިން ބުނީ ދިއްދޫ މަޝްރޫޢުގެ ދަށުން، ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި، އަދި 26 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ ކަމެވެ.

ތުރާކުނު ބިން ހިއްކުމުގެ މަޝްރޫޢަކީ 152.04 މިލިއަން ރުފިޔާއަށް 630 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫޢުއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 83.07 މިލިއަން ރުފިޔާއާއި 360 ދުވަސް ތެރޭ ނިންމުމަށް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް