ޖޭޕީއިން ހިޔާ ޓަވަރު 10 ގެ 24 ފްލޯގައި ޑޯޓުޑޯ ކެމްޕޭން ހިންގައިފި

ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެނޑިޑޭޓް ގާސިމް އިބްރާހީމުގެ ކެމްޕޭނަށް ޖޭޕީގެ ޓީމަކުން ހިޔާ ފްލެޓްގެ10 ވަނަ ޓަވަރުގެ24 ފްލޯގައި ޑޯޓުޑޯ ކެމްޕޭން ހިންގައިފިއެވެ. އިންތިހާބަށް ތ...

18 Jul 2023 | 02:47

ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެނޑިޑޭޓް ގާސިމް އިބްރާހީމުގެ ކެމްޕޭނަށް ޖޭޕީގެ ޓީމަކުން ހިޔާ ފްލެޓްގެ10 ވަނަ ޓަވަރުގެ24 ފްލޯގައި ޑޯޓުޑޯ ކެމްޕޭން ހިންގައިފިއެވެ.

އިންތިހާބަށް ތައްޔާރު ވުމަށް އެހެން ޕާޓީއަކެކޭ އެއްގޮތަށް ޖޭޕީއިންވެސް ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެމްޕޭން ހިންގަމުންނެވެ.

އޭގެ ތެރެއިން، އެކި ދުވަސްތަކާއި ރޭތަކަށް ބަހައިގެން ހިޔާ ފްލެޓްގައިވެސް ދޮރުން ދޮރަށް ވަނީ ކެމްޕޭން ކުރަމުންނެވެ.

ޖޭޕީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މާފުކޮށްދޭނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވެފައި ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މި ސަރުކާރުން ތަފާތުކުރުން ގެންގުޅޭކަމަށް ވިދާޅުވެފައެވެ.

https://twitter.com/riyaz_rasheed/status/1681114015207129089

އެކަމާ ނުރުހުން ފާޅުކުރައްވައި ޤާސިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެ ތަފާތުތައް ނައްތާލާނެ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންނަށް ދީފައިވާ ފްލެޓްތަކާއި ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ކުލި މާފުކޮށްދެއްވާނެ ކަމަށެވެ.

ޤާސިމް ވިދާޅުވެފައި ވަނީ، ބޯހިޔާވަހި ކަމަކީ އަސާސީ ހައްގެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް