ޓިކްޓޮކްގައި މަޝްހޫރު ސަމާއާއި ރޫމީ ލައިވްގައި 'ހިފައިގެންފި'

ދިވެހި ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ މަރިޔަމް ސަމާ އާއި ފާތިމަތު ރޫމާ (ރޫމީ) ޓިކްޓޮކް ލައިވްއެއްގައި "ހިފައިގެންފި" އެވެ. މިފަހުން ސަމާގެ ވާހަކަ ހަބަރުތަކަށް އެރީ ލައިވެއްގައި، ނުކުޅެދުންތެރިކަ...

18 Jul 2023 | 02:46

ދިވެހި ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ މަރިޔަމް ސަމާ އާއި ފާތިމަތު ރޫމާ (ރޫމީ) ޓިކްޓޮކް ލައިވްއެއްގައި "ހިފައިގެންފި" އެވެ.

މިފަހުން ސަމާގެ ވާހަކަ ހަބަރުތަކަށް އެރީ ލައިވެއްގައި، ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ބައި ލައްކަ ރުފިޔާގެ ފަންޑެއް ހޯދައިދިނުމުންނެވެ.

މީގެ ދުވަސްތަކެއް ކުރިން ޓިކްޓޮކްއިމް ރޫމީ މަޝްރޫހުކަން ހޯދީ ޒުވާން ފިރިހެނުންނާއެކު ލަވަ ކުޅެގެންނެވެ.

ނަމަވެސް މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ފުލުހުން ހިންގި މަސްތުތާ ތަކެތީގެ އޮޕަރޭޝަނެއްގައި ތުހުމަތު ކުރެވިގެން ރޫމީ އާއި އޭނާގެ ފިރިމީހާ ހައްޔަރު ކުރިފަހުން ރޫމީގެ އަލި ދުވަސްކޮޅަކަށް ފަނޑުވިއެވެ.

އޭގެ ފަހުން މަޑުމަޑުން އަލުން ޓިކްޓޮކްގެ ދުނިޔެއަށް ވަދެ، ލައިވްތަކަށް އަރަވް ވަނީ ފަށާފައެވެ.

ޓިކްޓޮކްގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ސަމާ ލައިވްގައި އިންދާ އެ ލައިވަށް ރޫމީވެސް އަރައެވެ. އަދި އެ ދެމެދުގައި ދެކެވުނު ވާހަކަ ތަކަށް ބަލާއިރު، އެކަކު އަނެކަކުގެ ވާހަކަ މީގެ ކުރިން އެކި ތަންތާނގައި ދައްކާފައި ވެއެވެ.

އެގޮތުން ސަމާގެ 'ފަލަމަސްގަނޑު' ރޫމީއަށް ފެނުނީ ކޮންއިރަކުތޯ އާއި ސަމާ ސުވާލު ކުރާއިރު، ރޫމީ ދެއްކީ ސަމާގެ ފޮޓޯގަނޑެކެވެ. އަދި އެންމެން ބެލުމަށް އެދި ތަކުރާރުކޮށް އެ ފޮޓޯގަނޑު ދައްކަމުން ދިޔައެވެ.

އޭރު ސަމާ ބުނަމުން ދިޔައީ ރޫމީ ސަމާގެ ފަހަތުން އުޅެނީ ކީއްވެގެންކަން ބުނެދިނުމަށެވެ.

އެ ދެމެދުގައި ބޭ އަދަބީ ބަސްތައް ބަދަލު ކުރެވި، ނުސީދަލަށްވެސް އެކަކު އަނެކަކަށް އެއްޗެހި ކިޔާފައި ވެއެވެ. އަދި އިރުކޮޅަކުން ރޫމީ ލައިވް ދޫކޮށް ދެއެވެ. 'ޒުވާބު' ނިމުނީ އެހާހިސާބުންނެވެ.

މި ފަހަކަށް އަހިސް ހާއްސަކޮށް ދިވެހި އަންހެނުން ޓިކްޓޮކް ލައިވްއަށް އަރާ މިންވަރު އިތުރުވެފައި ވާކަން ފާހަގަ ކުރެވެއެވެ. އެގޮތަށް ލައިވްގައި ގިނަ ވަގުތުތަކެއް ހޭދަ ކުރާކަންވެސް ފާހަގަ ކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް