ދިވެހި ފިލްމު "ކައުޝީ" މާދަމާރޭ ޕްރިމިއަރ ކުރަން ހަމަޖެހިއްޖެއެވެ.
ފިލްމީ ތަރި އަދި ޑައިރެކްޓަރު އަލީ ސީޒަންގެ 'އެސް ޕްރޮޑަކްޝަން' އާއި ސެޓަރ ސްޓޫޑިއޯއިން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ކުޅިފައިވާ ސިންގަޅަ ބިރުވެރި ފިލްމު "ކައުޝީ" އަށް ކުޅެފައިވާ ދިވެހި ފިލްމެކެވެ.
ސީޒަން ޑައިރެކްޓްކޮށް އެޑިޓްކުރި މި ފިލްމަކީ ލަވަކިޔުންތެރިޔާ އިބްރާހިމް ނިފާރު (ތިއްތި)ގެ ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެކެވެ.
ފިލްމަށް އަޑު އަޅާފައިވާ ތަރިންގެ ތެރޭގައި ފިލްމުގެ ޑައިރެކްޓަރު ސީޒަންގެ އިތުރުން ރިޝްމީ ރަމީޒް، އަހުމަދު ނިމާލް، އާމިރާ އިސްމާއީލް، މުހައްމަދު ފައިސަލް، ކޮކޯ ހަސަން، އަދި އަހުމަދު ސައީދު ހިމެނެއެވެ.
ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައި ވާއިރު، ހެނދުނު10:00 އިން ރޭގަނޑު10:00 އަށް އޮލިމްޕަހުން ޓިކެޓް ލިބެން ހުންނާނެ ކަމަށް ފިލްމުގެ ޕްރިޑަކްޝަން ޓީމުން މައުލޫޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް