މަންކީޕޮކްސް ގައުމުގައި ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އިންޑިއާއަށް އެތެރެވާ މީހުން ސްކްރީން ކުރުން ހަރުކަށި ކޮށްފި އެވެ.
އިންޑިއާއިން މި ބަލީގެ ދެ މީހަކު މިހާރު ވަނީ ފެނިފަ އެވެ. އެ ދެމީހުންނަކީ އެހެން ގަމުތަކުން އެ ގައުމަށް އެތެރެވި މީހުންނެވެ.
އެ ގައުމުގެ ޔޫނިއަން ހެލްތް މިނިސްްޓްރީން ބުނީ ދެ ވަނަ ކޭސް ފެނުމާއި އެކު އިންޓަނޭޝަނަލް އެއާޕޯޓުތަކާއި އިންޓަނޭޝަނަލް ޕޯޓުތަކުގެ ހެލްތް ސްކްރީނިން ހަރުކަށީ ކުރުމަށް އަންގާފައިވާ ކަމަށެވެ. ސަރަހައްދީ ހެލްތް އޮފިސަރުންނަށް އަންގާފައިވަނީ އިންޓަނޭޝަނަލް ދަތުރު ކުރާ ފަރާތްތަކަށް ސަމާލުކަންދީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށެވެ.
އިންޑިއާއިން މިހާތަނަށް ފެނުނު މަންކީޕޮކްސްގެ ދެ ކޭސް ފެނިފައިވަނީ ކެރެލާއިންނެވެ.
މަންކީ ޕޮކްސްއާއި ގުޅިގެން އިންޑިއާއިން ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް ދުނިޔޭގެ ސިއްހަތ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މި ބަލި ހަލުވި ކަމާއި އެކު ފެތުރުމުގެ ބިރު ނެތް ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް