ގިނަ ދިވެހިންތަކަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ އަލަމްގީރްގެ ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފިއެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިމިވަނީ އޭނާގެ ބަންދަށް ކުރިން ކޯޓުން ދިން ފަސް ދުވަސް ހަމަވުމުން މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންެނެވެ.
އަލަމްގީރް ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އަލަމްގީރާއެކު ގާތްގަނޑަކަށް ތިރީހަކަށް ދިވެހި ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ އަމަލުތައް އަލަމްގީރް ވީޑިއޯކޮށް އެ ވީޑިއޯތައް މެދުވެރިކޮށް އޭގެތެރެއިން ގިނަ ބަޔަކު ބްލެކްމެއިލް ކުރިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ފުލުހުން މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނައިރު މި މައްސަލައާއި ގުޅިގެން، އަލަމްގީރް ހިމެނޭހެން އިތުރު ދެމީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް