ޑި ލިޓް ބަޔާނަށް ބަދަލުވަނީ

ޔުވެންޓަސްއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޑި...

18 Jul 2022 | 11:24

ޔުވެންޓަސްއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޑި ލައިޓް ބަޔާނަށް ދޫކޮށްލަން ޔުވެންޓަސް އިން އެއްބަސްވެފައިވާއިރު، ޑި ލައިޓް ވެސް ވަނީ ބަޔާނަށް ބަދަލުވާން އެއްބަސްވެފައެވެ. އެހެން ކަމުން ދެފަރާތުގެ އެއްބަސް ވުމާއި އެކު ޑީލްގެ ކަންތައް މިހާރު ދަނީ ކުރިޔަށް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ޑި ލިޓް ބަޔާނަށް ބަދަލުވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީގެ އިތުރުން ބަޔާންއަށް ބަދަލުވުމުގެ ގޮތުން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމާއި، އެއްބަސްވުމުގައި ސޮއިކުރުމަށް ޑި ލައިޓް ވަރަށް އަވަހަށް ބަޔާނަށް ދަތުރުކުރާނެ ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ބަޔާންގެ ކުޅުންތެރިއެއްގެ ގޮތުގައި ޑި ލިޓް ރަސްމީކޮށް ތަޢާރަފުކުރުން ވެސް ދާދި އަވަހަށް އޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އުމުރުން 22 އަހަރުގެ ޑި ލިޓް އިޓަލީގެ ޔުވެންޓަސްގައި ތިން ސީޒަނެއް ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ޓީމަށް 117 މެޗު ކުޅެދީ އަށް ލަނޑު ޖަހައިދީފައެވެ. އަދި މީގެ އިތުރުން ޑި ލައިޓް ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް ވެސް ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް